
މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ ބޮޑު އާމްދަނީއެއް ނަމަވެސް، ހިންގުމުގައި އެ ކުންފުންޏަށް 62 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އެމްޓީސީސީން ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ވިޔަފާރި ކުރުމުގެ ހަރަދުތަކަށެވެ. އެ ކަމަށް 375 މިލިއަން ރުފިޔާ ހަރަދުވީއިރު، ޖުމްލަ ފައިދާގެ ގޮތުގައި 43 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ކުންފުންޏަށް ގެއްލުންވީ އެހެނިހެން އާމްދަނީގެ ގޮތުގައި ނިމުނު ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.
އެމްޓީސީސީން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި 285 ޕްރޮޖެކްޓެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 87 އިމާރާތްކުރުމުގެ މަޝްރޫއާއި، 71 ބަނދަރު ހެދުމުގެ މަޝްރޫއާއި، 34 ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، 32 ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. މީގެ އިތުރުން ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމާއި މަނަދޫ ބަނދަރު ތަރައްގީކުރުމާއި އިއްޒުއްދީން ފާލަން ތަރައްގީކުރުމާއި ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުތައް ވަނީ ނިންމާފައެވެ.