ހަބަރު /

އައްބާސް
ގަބޫލުކޮށްފިން ކިތަންމެ ބޮޑު ދޮގެއްވެސް ހައްދަވާފާނެކަމަށް: އައްބާސް
މުހައްމަދު އާދަމް އަހްމަދު
04 މޭ 2025 - 14:59:25
ކިތަންމެ ބޮޑު ދޮގެއްވެސް ހައްދަވާފާނެކަމަށް ގަބޫލުކުރައްވަކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެެއްޖެއެވެ.
ވަކި މީހެއްގެ ނަން ބަޔާން ނުކޮށް އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ކިތަންމެ ބޮޑު ދޮގެއް ހަދާފާނެކަމަށް ގަބޫލުކުރައްވަކަމަށެވެ. އަދި ވަގުތު ޖެހުމުން ވަރަށް ހުތުރުކޮށް ބޭޒާރުކޮށްލާނެކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
" މާތް ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ މިހާރު އަޅުގަނޑު ގަބޫލުކޮށްފިން ކިތަންމެ ބޮޑު ދޮގެއްވެސް ހައްދަވާފާނެކަމަށް! ވަގުތުޖެހުމުން ބޭޒާރު ކޮށްލާއިރު ބޭޒާރު ވާނީ ވަރަށް ހުތުރުކޮށް! ދޮގުތެދު ހެޔޮ ނުބައި ވަކިވާންވާނެ! " ނިސްބަތް ވަނީ ކާކަށްކަމެއް ބަޔާން ނުކޮށް އެކްސްގައި އައްބާސް ކުރެއްވި ޕޯސްޓްގައިވެއެވެ.
އައްބާސް މިހެން ވިދާޅުވެފައި މިވަނީ ސަރުކަރާއި އެމްޑީއޭއާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅާލާފައިވާކަމަށް ރައީސް މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އެމްޑީއޭއާއި އެކު ހެދި އެއްބަސްވުން ރޫޅާލި ނަމަވެސް އެކަމުގެ ސަބަބެއް ރައީސް ވިދާޅެއް ނުވެއެވެ.
33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް