ads
ޕީޖީއާއި ޔޫއެންޑީޕީއާ ދެމެދު މިއަދު އެމްއޯޔޫގައި ސޮއިކުރަނީ
ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް: ޕީޖީ މުވައްޒަފުންނަނަށް ނަފްސާނީ ދުޅަހެޔޮކަން
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާއެވެ.

ޕީޖީ އޮފީހުން ބުނީ މިއީ އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވީ މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓަރާ ޖެނެރަލްގެ އޮފީހުގައި ގާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓްގެ ވަރަށް ރަނގަޅު އިސްނެގުމެއް ކަމަށެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ވަރަށް ހައްސާސް މަސައްކަތްތަކެއް ކުރާ ބަޔަކަށް ވެފައި، އެ މުވައްޒަފުން ކުރާ ގާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަކީ މި އެއްބަސްވުމުގެ މުހިންމު މަގުސަދެއް ކަމަށް އެ އޮފީހުން ބުންޏެވެ. ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ވިދާޅުވީ ޕީޖީ އޮފީހުން އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އިންވެސްޓްމަންޓަކީ އަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް