
މި ރެކޯޑް ބްރޭކިން އިވެންޓުގައި 20 މީހުން ބައިވެރިވެ، ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ބޭފުޅުން ކަނޑުއަޑީގައި ކޮންމެ ބޭފުޅަކު ދެ މިނެޓަށްވުރެ ގިނައިރު ވާހަކަދައްކާފައިވެއެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް، އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަބީން އަލީ އަދި އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖަރު، ޓްރާންސްމިޝަން އަފްޝީން މުހައްމަދެވެ. މީގެ އިތުރުން މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހު ކަނޑުއަޑީގައި ވޯލްޑް ރެކޯޑެއް ހަދައިފި
އުރީދޫ މޯލްޑިވްސްއަށް ލިބުނު މި ރެކޯޑާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫންކަމަށާއި، މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުން ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު، ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ ފަހުރުވެރިވާ ކަމެއްކަމުގައި އޭނަ ވިދާޅުވިއެވެ. އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ.