ads
ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ ކުރަމުންދާ އިހްތިޖާޖު
ޔުމްނުގެ ފުއްޕާމޭގައިވެސް އިންފެކްޝަން، ހާލު އަންނަނީ ރަނގަޅުވަމުން
މާލޭގެ ގެއެއް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާން އަންހެން ކުއްޖާ ހައްވާ ޔުމްނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
Advertisement

މިދިޔަ މަހު 18 ވަނަދުވަހު މާލޭގައި ހުންނަ ގުދަނެއްގެ ފުރާޅުމަތިން ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަންނަނީ މެލޭޝިޔާގައި ފަރުވާ ހޯދަމުންނެވެ. އައިޖީއެމްއެޗް އައިސީޔޫގައި 10 ދުވަސް ވަންދެން އޮތުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހު 26ގައެވެ. 

ހާދިސާއަށް 17 ދުވަސްފަހުން މިހާރު ޔުމްނު ހޭ އަރާފައިވާކަން އާއިލާއިން މިއަދު ވަނީ ބުނެފައެވެ. 

ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން 'އެކްސް'ގައި ޔުމްނުގެ  ހާލު އޮޅުން ފިލުވައި ދެމުން ބުނީ ޔުމްނު ހޭ އެރި ނަމަވެސް އަދިވެސް ބޮޑު ޝޮކެއްގައިވާ ކަމަށެވެ. އަދިވެސް ޔުމްނު އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް މުއުމިން ބުންޏެވެ. 

ފާއިތުވެދިޔަ ދެ ދުވަހު ޔުމްނުގެ ފުއްޕާމޭގައި އިންފެކްޝަނެއް ހެދިގެން ފަރުވާދިންކަންވެސް މުއުމިން ވަނީ ފާހަގަކޮށްފައެވެ. 

" ފީޑިން ޓިއުބްވެސް މިހާރު ވަނީ ނައްޓާލާފައި މިހާރު ހިމުންކޮށްގެން ކާތަކެތި ކެވޭ." މުއުމިން އެކްސްގައި ކުރި ޕޯސްޓްގައިވެއެވެ.

މުއުމިން ބުނީ އަންނަ ބުރާސްފަތި ދުވަހު ޔުމްނުގެ އިތުރު ސާޖަރީތަކެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ކަނދުރާގެ ސާޖަރީއަކަށް އުނަގަނޑު ސިދާކުރަން ހަދަންޖެހޭ ސާޖަރީއެއް ހިމެނޭކަމަށް މުއުމިން ވަނީ ބުނެފައެވެ.

ފުލުހުން ފުރަތަމަ ބުނަމުން އައީ ޔުމްނު އިމާރާތުން ވެއްޓުނީ އަމިއްލައަށްކަން ތަހުގީގަށް ޔަގީންވެފައިވާކަމަށެވެ. އެހެންނަމަވެސް ފަހުން ފުލުހުން ވަނީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ޔުމްނު ވެއްޓުމުގައި ބައިވެރިވުމެއް އޮތްކަމަށް ބުނެ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ބުނެއެވެ.

ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ޔުމްމު ވެއްޓުނު މައްސަލައިގައި، އޭނާގެ ތަހުގީގު ފުރިހަމަށްއަށް ނުގެންދާކަމަށް ބުނެ ޒުވަނުންގެ ގިނަ ބަޔަކު އަންނަނީ ކޮންމެ ރެއަކަކު މޭލޭ ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތައް ކުރިއަށް ދަނިކޮށް މި މައްސަލައިގައި އަމަލުކޮށްފައިވާގޮތް ބަލައި، މުޅި މައްސަލަ ތަހުގީގުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް