ads
ލޭޑީގާގާ ބްރެޒިލްގައި
ލޭޑީ ގާގާގެ ކޮންސެޓަށް ދޭން އުޅުނު ބޮމުގެ ހަމަލާއެއް ހުއްޓުވައިފި
ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބާއްވަން އުޅުނު ލޭޑީ ގާގާގެ ކޮންސެޓަށް ދޭން ރޭވި ބޮމުގެ ހަމަލާއެއް ބްރެޒިލް ފުލުހުން ހުއްޓުވާލައިފިއެވެ.
Advertisement

މި ކޮންސެޓަކީ ކޮޕަކަބާނާ ބީޗުގައި ބޭއްވުނު ތާރީހީ ކޮންސެޓެކެވެ. 2.1 މިލިއަނަށްވުރެ ގިނަ މީހުން މި ކޮންސެޓު ބަލަން ގޮސް ތިއްބެވެ.

ރިއޯ ޑި ޖެނެއިރޯގެ ސިވިލް ފުލުހުން ޖަސްޓިސް މިނިސްޓްރީއާ ގުޅިގެން ހިންގި "އޮޕަރޭޝަން ފޭކް މޮންސްޓާ" ގެ ނަމުގައި ނަފްރަތުގެ ވާހަކަތައް ފަތުރައި ޓީނޭޖަރުން ރެޑިކަލައިޒްކުރަމުން ދިޔަ ގްރޫޕެއްގެ ރޭވުން ފުލުހުންނަށް ހާމަވިއެވެ. މި ގްރޫޕުން ލޭޑީ ގާގާގެ "ލިޓްލް މޮންސްޓާސް" ފޭން ބޭސްގެ ބަޔަކު ކަމަށް ދައްކައިގެން، ކުޑަކުދިން ރެކްރޫޓްކޮށް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވްސް އަދި މޮލޮޓޯވް ކޮކްޓެއިލް ބޭނުންކޮށްގެން ކޮންސެޓަށް ހަމަލާދޭން ރާވާފައިވާކަން ހާމަވިއެވެ. މި ހަމަލާގެ މަގުސަދަކީ ސޯޝަލް މީޑިއާގައި މަޝްހޫރުވުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ރޭވުން ހާމަވީ ރިއޯ ސްޓޭޓް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން ދެ މީހަކު ހައްޔަރުކުރެވުނެވެ. އޭގެތެރޭން އެކަކު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައެވެ. އަދި ރިއޯގައި ހުރި ޓީނޭޖަރަކު ކުޑަކުދިންގެ ޕޯނޯގްރަފީ ބެހެއްޓުމުގެ ކުށުގައި ހައްޔަރުކުރެވުނެވެ. ކޮންސެޓު ކުރިއަށްދިޔައީ އެއްވެސް ހާދިސާއެއް ނެތި، 5,000 އަށްވުރެ ގިނަ ފުލުހުންގެ ސެކިއުރިޓީ އޮޕަރޭޝަނެއްގެ ދަށުންނެވެ. މި ހަމަލާގެ ރޭވުމާ ބެހޭގޮތުން ލޭޑީ ގާގާ ނުވަތަ އޭނާގެ ޓީމަށް ރިއަލް-ޓައިމްގައި އެންގުނުކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް