ads
އެޗްޑީސީއާއި އުރީދޫ ގުޅިގެން ހުޅުމާލޭގައި މަސްރޭހެއް ބާއްވަނީ
އެޗްޑީސީއާއި އުރީދޫ ގުޅިގެން ހުޅުމާލޭގައި މަސްރޭހެއް ބާއްވަނީ
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ހާއްސަ މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.
Advertisement

މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި، ރޭސް ފަށާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މި މަސްރޭހުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000 ރުފިޔާ، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށް 5،000 ރުފިޔާ ލިބޭނެއެވެ. މަސްރޭހުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި، ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މިމަހުގެ 7 ވަނަ ދުވަސް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މި މަސްރޭހުގެ އިތުރުން ކުލަގަދަ ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކަމަށާއި، ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް