ads
ވިއްސާރަ ދުވަހެއް
ކުރިޔަށް އޮތް ތިން ދުވަހު މުޅިރާއްޖެއަށް ވާރޭވެހި ވައިގަދަވާނެ: މެޓް
ކުރިޔަށް އޮތް ތިން ދުވަހު މުޅު ރާއްޖެއަށް މޫސުމް ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުހެ އަތޮޅުތަކަށް އަރަމުންދާކަން ފާޖަގަކުރެވިފައިވާކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށްފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ. 

މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް ބެލެވޭއިރު ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އަދި ބައެއް ހިސާބުތަކުގައި އާއްމު ވައި ގަދަވުމައި އެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް