ads
ރާއްޖެއައި ކުރޫޒްލައިނާ
610 ފަސިންޖަރުންގެ ކްރޫޒްލައިނާއެއް ރާއްޖެއަށް
އިންޑިއާގެ މޮރުމުގާއޯ ބަނދަރުން ފުރައިގެން އައި އެމްއެސް ނޯޓިކާ ކްރޫޒްލައިނާ 610 ފަސިންޖަރުންނާއި 397 ފަޅުވެރިންނާއެކު ރާއްޖެ އަތުވެއްޖެއެވެ.
Advertisement

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ 4 މެއި 2025 ގައި މި އުޅަނދު މާލެ އައިސް، އެ އުޅަނދުގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް އެން ރޫޓް ކްލިއަރެންސް ދީފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، މިފަދަ ބޮޑެތި އުޅަނދުފަހަރަށް އެން-ރޫޓް ކްލިއަރެންސް ދިނުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިގޮތުން ދެވޭ ހިދުމަތުން ޓޫރިސްޓުންނަށް ފަސޭހަވެ، ރާއްޖެއަށް އަންނަ ކްރޫޒް އުޅަނދުތަކުގެ އަދަދު އިތުރުވާނެ ކަމަށް އިމިގްރޭޝަނުން އުއްމީދުކުރެވޭ ކަމަށް ބުނެފައިވެއެވެ. މިދިޔަ މާޗް މަހު އޮޝެނިއާ ކްރޫޒަސް ކުންފުނީގެ އެމްއެސް އިންސިގްނިއާ ލަގްޒަރީ ކްރޫޒްލައިނާ ވެސް ރާއްޖެއަށް އައިސް، އެ އުޅަނދުގެ ހާހެއްހާ ޓޫރިސްޓުންނަށް ކްލިއަރެންސް ދީފައިވެއެވެ.

ޓޫރިޒަމް ނިސްޓްރީން ހާމަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒް އުޅަނދުތަކުގެ އަދަދު ވަނީ 15 ޕަސަންޓު އިތުރުވެފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ވަރަށް ހިތްވަރުދޭ ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް