ads
މަހާޒް
މަޖިލީހަށް ހާޒިރުވާން ފުރުސަތު ދޭން ފަނޑިޔާރު މަހާޒު ވެސް އެދިލައްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު އެދިވަޑައިގެންފި އެވެ.
Advertisement

ފަނޑިޔާރު މަހާޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސުލޫކީ މައްސަލަ ތަހުގީގުކޮށް ބެލުމުގައި އަދި އެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން އަމަލުކޮށްފައިވާ ގޮތާ މެދު ނުހަނު ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށެވެ.

ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ. ފަނޑިޔާރު މަހާޒު ވިދާޅުވެފައިވަނީ ދަށު ކޯޓުގެ މުއްދަތުގެ މަޖިލީހަށް ގެނެވުނު ފަރާތެއް ދޫކޮށްލުމަށް ނުފޫޒު ފޯރުވިކަން އެއީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީ ޖޭއެސްސީ އަށް ހާޒިރުވެ ހެކިބަސް ދީފައިވަނީ ޑރ. އިސްމާއިލް ދޫކޮށްލަން ނިންމި ނިންމުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވެފައިވަނީ މައްސަލަ ބެލި ތަހުގީގު ކޮމިޓީން ތަހުގީގު ކުރުމުގައި ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް މައްސަލަ ބެލި ކޮމިޓީން ދީފައި ނުވާ ކަމަށެވެ. އެހެންވެ، މިކަމުގައި ފަނޑިޔާރުގެ ހުރި ކަންބޮޑުވުންތައް ޖުޑިޝަރީ ކޮމިޓީއަށް ހިއްސާކުރަން ބޭނުންވާ ކަމަށް ސިޓީގައި މަހާޒު ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވެސް ވަނީ ކޮމިޓީއަށް ހާޒިރުވެ، ކަންބޮޑުވުންތައް ހިއްސާކުރަން ފުރުސަތެއް ދެއްވުމަށް މިއަދު އެދިވަޑައިގެންފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް