ads
ނައިބު ރައީސް ހުސެއިން ލަތީފް ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް ދެމެހެއްޓުމަށް ކޮރަޕްޝަން ނައްތާލަން ޖެހޭ: ނައިބު ރައީސް
ޓޫރިޒަމް ދެމެހެއްޓުމަށް ކޮރަޕްޝަން ނައްތާލަން ޖެހޭކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
Advertisement

މިކަން ފާހަގަކުރެއްވީ ވިލާ ނޯޓިކާގައި ބޭއްވުނު "ސައުދީ-ރާއްޖެ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުކަމަށާއި، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އަންނަ މައިގަނޑު ސިނާއަތަކީވެސް ޓޫރިޒަމްކަމަށެވެ. އެހެންކަމުން މި ސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށް ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލުން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެންކަމަށް ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސައުދީ އަރަބިއާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ބާއްވާ މި ފޯރަމްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ހިސެން ބްރާހީމް ތާހާ ވިދާޅުވީ ކޮރަޕްޝަންގެ ވަބާއަކީ މުޅި ދުނިޔެއަށްވެސް އޮތް ގޮންޖެހުމެއްކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އަދިވެސް އިތުރުކުރަންޖެހޭކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި 170 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް