ads
އިކުއެޓޯރިއަލް ހޮސްޕިޓަލް
ބާރަށް ދުއްވި ސައިކަލެއް ފެންސުގައި ޖެހި އެކްސިޑެންޓްވެ, މީހަކު ކުއެޓޯރިއަލް ހޮސްޕިޓަލަށް
އައްޑޫ ހަންކެނޑެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ބްރިޖުގެ ފެންސުގައި ޖެހި އެކްސިޑެންޓްވެ، މީހަކު އީކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
Advertisement

ފުލުހުން މައުލޫމާތު ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ހިތަދޫން މަރަދޫއަށް ދަތުރުކުރަމުން ދިޔަ ސައިކަލެއްކަމަށެވެ. 

"ސައިކަލް ދުއްވަމުން ދިޔައީ ބާރު ސްޕީޑެއްގައި ކަމަށާއި ކޮންޓްރޯލް ނުވެގެން ބްރިޖުގެ ފެންސުގައި ޖެހި އެކްސިޑެންޓްވީ،" -ފުލުހުން -

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލުގައި ދަތުރުކުރަމުން ދިޔައީ ދެ ފިރިހެނުންނެވެ. އެކްސިޑެންޓްވުމުން ދެ މީހުން ވެސް ވެއްޓިފައިވާއިރު، އެކަކު އޮންނަނީ ފެންސުގެ ބޭރުގައެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. 

ހަންކެނޑެ ބްރިޖަކީ މިއަހަރު ތެރޭގައި ވެސް ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކު މަރުވެފައިވާ ބްރިޖެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް