
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށުނީއްސުރެ މިހާތަނަށް ޔޫކޭ އިން ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 89,694 ޓޫރިސްޓުންނެވެ. އެހެންނަމަވެސް މިހާރު ދެވަނައިގައި އޮތް ރަޝިޔާއިން އައިސްފައިވަނީ 91,668 ޓޫރިސްޓުންނެވެ.
މިދިޔަ މަހު ރާއްޖެ އައި އިނގިރޭސިވިލާތުގެ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެ، މަސް ނިމުނުއިރު ވެސް ދެވަ ނައިގައި އޮތީ އެ ގައުމެވެ.
މި މަހުގެ ފުރަތަމަ ހަފުތާ ރާއްޖެ ޔޫކޭއިން ރާއްޖެއަށް އައީ 2،881 ޓޫރިސްޓުންނެވެ. އެ މުއްދަތުގައި ރަޝިޔާއިން 6،283 ޓޫރިސްޓުން އައިސްފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ ފުރަތަމަ ދެ ހަފުތާ އެކަނި 15،131 ޓޫރިސްޓުން ޔޫކޭ އިން ރާއްޖެއަށް އައެވެ. އެހެންކަމުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާކަން ހާމަވެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އިއްޔެއާ ހަމައަށް އެ ގައުމުން ޖުމްލަ 97,219 ޓޫރިސްޓުން އައިސްފައިވެއެވެ.