ads
ވިއްސާރަވެ މާލޭގައި ފެންބޮޑުވެފައި
ވެރިރަށް މާލެއަށް 10:00 ޖަހަންދެން ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލެއަށް 10:00 ޖަހަންދެން ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
Advertisement

އެ އިދާރާއިން ވާނީ ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހއ . އަތޮޅުނެ ފެށިގެން ލ އަތޮޅޫގެ ރަށްތަކާއި ހަމައަށެވެ، މި އެލާޓްގައިވާ ގޮތުން މި ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެސް ވާނެއެވެ. އެލާތް ނެރެފއިވަނީ ފަތިހު 04:00 އިން ހެނދުނު 10:00 ޖެހުމާއި ހަމައަށެވެ. 

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ރޭ ދަންވަރުން ފެށިގެން ވެރިރަށް މާލެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި ފަތިހުން ފެށިގެން ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. 

ސިފައިން ނުކުމެ ފެން ހިދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

މެޓް އޮފީހުން ވަނީ މެދު ރާއްޖެެތެރޭގައި ބައެއް ރަށްތަަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް