
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސަރުކާރުން ޓެކްސީ ފަށާތީ އެކަމާއި ގުޅީގެން މަޖިލީހުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ދިވެހި ސަރުކާރުގެ ޓެކްސީ ހިދުމަތް އަންނަ ޖުލައި މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަަމށް ސަރުކާރުން ވަނީ ބުނެފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ގަޑިތަކުގައި ޓެކްސީގެ ހިދުމަތް ނުލިބޭ ޝަކުވާތައް އަބަދުވެސް މިނިސްޓްރީއަށް ލިބެމުން އަންނަކަަމަށެވެ. ޓެކްސީ ގަވައިދެއް އޮތް ނަމަވެސް ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރަމުން އަންނަނީ އެ ބަޔަކު ބޭނުން ވަގުތެއްގައިކަމަށް މިނިސްޓަރު އަމީން ވިދަޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ޓެކްސީއަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ތެރޭގައި ހިމެނޭ އެއްޗެއްކަމަށެވެ. އަދި ޓެކްސީ ހިމަނާފައި ކޮންޓްރޯލް ނިޒާމެއްގެ ދަށުން ހިދުމަތް ދޭން ފެށުމުން އެ މައްސަލަތައް ހައްލުވެފއި އެބަހުރިކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިވީ 25 އަކަށް 30 އަކަށް އަހަރުގެ ތެރޭގައިވެސް ޓެކްސީ ލައިންގެ ގަވައިދުތަކެެއް ގާނޫނުގެ ދަށުން ހެދިފައި އޮތް ނަމަވެސް އެ ޑިސްޕްލިން ގެނެވިފައި ނުވާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޑިސްޕްިލިން ގެނައުމަށް މިސާލު ދައްކަންޖެހޭކަމަށާއި ސަރުކާރުން ކޮންޓްރޯލް އޮންނަ ޓެކްސީ ލައިނަކީ އޭގެ ތެރެއިން އެ ޑިސްޕްލިން ދައްކުވައި ދެއްވިއްޖަމަކަމަށް ވަނީ ނަމަ އަމިއްލަ ޓްކްސީ ހިދުމަތް ދޭ ފަރާތްތަކުންވެސް އެކަން ކުރާނެކަން އެހެން ގައުމުތަކުން ފެނިފައިވާކަމަށެވެ.