
އެނގިފައިވާގޮތުގައި ދީބާނާޒު އާ ގުޅޭ ގޮތުން ކޮމިޝަނުން ބަލަން ނިންމާފައިވަނީ އޭނާ ޝަރީއަތެއް ނުހިންގައި، ލަސްކޮށްފައިވާކަމަށް ބުނެ ހުށައެޅި ޝަކުވާއަކާ ގުޅޭ މައްސަލަ އެކެވެ.
އެހެން ނަމެވެސް މިކަމުގައި ޖޭއެސްސީން އަދި ވަކިއެއްޗެއް ނުބުނެ އެވެ. އެހެންކަމުން މީ ކޮން މައްސަލައެއްގެ ޝަރީއަތް ލަސްވެގެން ހުށަހެޅި ޝަކުވާއެއް ކަމެއް ސާފެއް ނުވެއެވެ.
ދީބާނާޒް ފަހުމީ ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ 9 އޮގަސްޓް 2022 ގައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ދީބާނާޒް ފަހުމީ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައެވެ.
ޑެޕިއުޓީ ޕްރިސިކިއުޓަރު ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ، ދީބާނާޒް ފަހުމީއަކީ ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ އައްޔަން ކުރެވުނު އަންހެން ގާޒީވެސްމެ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދީބާނާޒް ފަހުމީ އައްޔަން ކުރެވުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.