ads
އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025 ހުޅުވުމުގެ ރަސްމިއްޔާތު
ވިސްލް ބްލޯވަރޒް ބާރުވެރިކޮށްދީ: ނައިބު ރައީސް
ވިސްލް ބްލޯވަރޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ފާހަގަކުރައްވައިފިއެވެ.
Advertisement

ނައިބު ރައީސް މިފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި، އެއީ ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް ކަމަށް ވާންޖެހޭ ކަމަށެވެ. އަދި އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތަޢައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ފޯރަމްގެ މައުޟޫއަކީ "ސްޓްރެންތެނިންގ އިންޓެގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ކަމަށްވާއިރު، ނަޒާހަތްތެރިކަމާއެކު ޓޫރިޒަމް ސެކްޓާ ހިންގުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި 180 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް