ads
ރަށްވެހި ދަނޑުވެރިކަން މަޝްރޫއިން ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަން ވަނީ ހުޅުވާލާފައި - ފޮޓޯ:ޔޫއެންޑީޕީ މޯލްޑިވްސް
އެސްޑީއެފްސީގެ ދަނޑުވެރި ނަފާ ލޯނުން 15.9 މިލިއަން ރުފިޔާ ދޫކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދަނޑުވެރިކަމާއި ދިރޭތަކެތި ގެންގުޅުމަށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނުގެ ދަށުން މިހާތަނަށް 15.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
Advertisement

އެސްޑީއެފްސީން ބުނީ، 2019 އިން ފެށިގެން ދޫކުރަމުންދާ މި ލޯނުގެ ދަށުން އެއްލައްކަ ރުފިޔާއާ ހަމައަށް 18 ފަރާތަކަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ދެ މިލިއަން ރުފިޔާއާ ހަމައަށް 23 ފަރާތަކަށް 14.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެސްޑީއެފްސީން ބުނީ މި ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި ވާޓިކަލް ފާމިން އަދި ގުރީން ހައުސް ފާމިން ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ވައްތަރުތައް ހިމެނެއެވެ. ނަމަވެސް ކުކުޅު ފާމިން ފަދަ ކަންކަމަށް ދަނޑުވެރިން ސަމާލުކަން ދޭ މިންވަރު ކުޑަކަން ފާހަގަކޮށްފައިވެއެވެ.

ދަނޑުވެރި ނަފާ ލޯނުގައި ދެ ކެޓަގަރީއެއް ހިމެނެއެވެ. އެއީ އެއްލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނާއި، އެއްލައްކައިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. މި ލޯނުތަކަށް އަހަރަކު ނަގަނީ 6 ޕަސަންޓުގެ އިންޓަރެސްޓެވެ. އެއްލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނު ދެއްކުމަށް ދެވެނީ ގިނަވެގެން ތިން އަހަރު ދުވަހެވެ. އަދި ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެވެނީ ގިނަވެގެން ހަތް އަހަރު ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް