
އަމީނީމަގު ފިނޭންސް މިނިސްޓްރީ ކޮށީގައި ހުޅުވި އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ.
މި އޭޓީއެމްއާއެކު، ޑޮލަރުން ހިދުމަތް ދޭ އެމްއައިބީގެ އޭޓީއެމް މާލޭގެ ހަތަރު ސަރަހައްދެއްގައި ހުންނާނެއެވެ. އެއީ،
- އެމްއައިބީގެ ހެޑް އޮފީސް ހުންނަ މެދުޒިޔާރަތްދޮށުގޭގައި ހުޅުވި ރީޓެއިލް ބްރާންޗް
- އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ހ. މެރިން ޑްރީމް ބްރާންޗް
- އެސްޓީއޯ ސުޕަމާޓް ކައިރީގައި ހުންނަ ފާމުދޭރިގެ
- އަލަށް ހުޅުވި އަމީނީމަގު އޭޓީއެމް
މީގެ އިތުރުން އެމްއައިބީގެ ރުފިޔާ އޭޓީއެމްތައް މަޖީދީމަގުގެ އިތުރުން އައިޖީއެމްއެޗްގައި ވެެސް ހުރެ އެވެ.
އެމްއައިބީއިން އަންނީ އެ ބޭންކުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ފުޅާކުރަމުންނެވެ. އެގޮތުން އެ ބޭންކުގެ ހިދުމަތް ރ. އަތޮޅަށް ފުޅާކުރުމަށް ސޭލްސް ސެންޓަރެއް މިހާރު އިމާރާތްކުރަމުން އަންނައިރު، އެ ބޭންކުން ވަނީ މުވައްޒަފުން ނެގުމަށް ވެސް އިއުލާން ކޮށްފަ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖެ އިސްލާމިކް ބޭންކެވެ. އެ ބޭންކުގެ ގިނަ ހިދުމަތްތަކަކީ ޑިޖިޓަލްކޮށް ދެވޭ ހިދުމަތްތައްކަން ފާހަގަކުރެވެ އެވެ.