
ފުލުހުން މިއަދު ބުނީ، 34 އަހަރުގެ އެ ޒުވާނާ މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ޕޮލިސް ޓްރޭނިންގައި ހާލުދެރަވި އޮފިސަރުގެ ސިކުނޑި މީގެ ދެ ދުވަސް ކުރިން އެއްކޮށް މަރުވެފައިވާ އިތުބާރުހުރި މަސްދަރަކުން މީގެ ކުރިން ސީއެންއެމްއަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ކުރިން ބުނީ މި ފުލުސް ކުއްޖާގެ ހާލު ސީރިއަސްވީ ދ. ވާނީގައި ތަމްރީން ހަދަމުންދަނިކޮށްކަމަށެވެ.
އެ ކުއްޖާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ވެންޓީލޭޓަރުގައި ބާއްވައިގެންކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ ހާލު ސީރިއަސްކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ފުލުސް ކުއްޖާއަށް ދިމާވީ ކޮންކަމެއްކަމެއް އަދި އޭނާގެ ހާލު ދެރަވީ ކީއްވެގެންކަމެއް މިހާތަނަށް އަދި ފުލުހުން ނުބުނެއެވެ.
ފުލުހުންގެ ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރެވެގެން ފަރުވާދެމުން ދަނީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު ރެކްރޫޓްއަކަށެވެ.
އެ ފުލުސް މީހާގެ ހާލު ދެރަވެގެން ފުރަތަމަ ފަރުވާދިނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށްކަމަށް ފުލުހުން ވަނީ ބުނެއެވެ. އަދި އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗަށް ބަދަލުކުރީ މިދިޔަ އާދިއްތަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނާއި ސިފައިންގެ ތަމްރީނު ތަކުގައި މަދުންނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.