
މި މުބާރާތް ކުރިއަށްދާނީ މޭ 9 ވާ ހުކުރު ދުވަހާއި މޭ 10 ވާ ހޮނިހިރު ދުވަހުއެވެ. މިއީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމެއް ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ އެންމެ މަގުބޫލު ދެ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައެވެ. މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުންދާ އީގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އެންގޭޖްމަންޓާއި އިންކްލޫޝަން އަދި ރަހުމަތްތެރިކަމުގެ ވާދަވެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
މުބާރާތުގެ ޕްރައިޒް ޕޫލްގެ ގޮތުގައި ފުރަތަމަ ވަނައަށް 5000 ރުފިޔާ، ދެވަނައަށް 3000 ރުފިޔާ އަދި ތިންވަނައަށް 2000 ރުފިޔާ ހަމަޖެހިފައިވެއެވެ. އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗުތައް ބަލައި، ރިސޯޓްތަކުން ބައިވެރިވާ ޓީމުތަކަށް ސަޕޯޓުކުރުމަށް ހިތްވަރުދެއެވެ. މި އިންޓަ-ރިސޯޓް ޗެމްޕިއަންޝިޕަކީ ލޯކަލް އީސްޕޯޓްސްގައި މިހާރު ހަރަކާތްތެރިވަމުންދާ ފަރާތްތައް ބާރުވެރިކޮށް ވާދަވެރި މައިދާނެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.