ads
މޮޅަދޫ މަސައްކަތައް ފެށުމަށް އެމްޓީސީސީން ތައްޔާރުވެފަ
މާޅޮހުގައި ޕޮލިސް ޕޯސްޓާއި 500 މީހުންގެ މިސްކިތް އިމާރާތްކުރަން އެމްޓީސީސީ ތައްޔާރުވެއްޖެ
ބ. މާޅޮހުގައި ޕޮލިސް ޕޯސްޓަކާއި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެ އެވެ.
Advertisement

މި ދެ މަޝްރޫއަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި މަޝްރޫއުތަކެއް ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައިވާތީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނީ އެވެ. މި މަޝްރޫއުތަކުގެ ތެރެއިން މާޅޮހުގައި ފެށޭ ދެ މަޝްރޫއަކީ ޕޮލިސް ޕޯސްޓަކާއި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫއެވެ.

ޖުމްލަ 770 މީހުންގެ އާބާދީއެއް ދިރިއުޅޭ މާޅޮހުގައި ފެށޭ މި މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމުން އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކާއި ފަސޭހަތައް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ. ފާއިތުވި 44 އަހަރު ތެރޭގައި އެމްޓީސީސީ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް