ads
އޮރެންޖު ހިޔާގައި ސިފައިން ހަދާފައިވާ ތެލެސީމިއާ ސެންޓަރު
ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް ހިދުމަތް ފަށައިފި
އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާ އެތަން ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
Advertisement

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސިފައިން ފެށީ މިދިޔަ މަހުގެ 28 ގައެވެ. 

އެތަނުގެ މަސައްކަތްްތައް ސިފައިންނާ ހަވާލުކުރީ މިހާރު ދަމަނަވެށީގައި ހިންގަމުންދާ ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ގޯސްވެ ތަނުގެ ފެންފަވަރު ދަށްވެގެން ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރުމުންނެވެ.  

your imageއޮރެންޖު ހިޔާގައި ސިފައިން ހަދާފައިވާ ތެލެސީމިއާ ސެންޓަރު 

ގައުމީ ދިފާއި ބާރުން ބުނީ ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކޮށްގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފައިވާކަމަށެވެ. 

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ސިފައިންނާއި ހަވާލުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ތެލެސީމިއާ ދުވަހު އެތަން ބޭނުން ކުރަން ފަށާނެކަމަށެވެ. 

your imageއޮރެންޖު ހިޔާގައި ސިފައިން ހަދާފައިވާ ތެލެސީމިއާ ސެންޓަރު 

ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމުން ވަސީލަތުގެ ގޮތުން މިހާރަަށް ވުރެ ފުރިހަމަވެ މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތައް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގިނަ ވަސީލަތްތަކެއް ގާއިމުކުރަން އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

" މިހާރު އަޅުގަނޑު ވާނީ ހަމަޖައްސައިދީފައި، ޑީ.އެން.އޭ. ޓެސްޓްކުރާނެ މެޝިންތައް ހޯދުމާއި، އެކަހަލަ ވަރަށް ގިނަ ސާމްޕަލްތައް ބަހައްޓާނެ ޖާގަވެސް ތަނުގައި ވަރަށް ބޮޑުވާނެ. އެތަނަށް އިތުރު ފްރިޖްތައް ހޯދުމާއި، މިކަހަލަ ހުރިހާ ކަމެއްވެސް އެބަ ހިނގާ." އާ ތެލެސީމިޔާ ސެންޓަރުން ލިބެން ހުންނާނެ ހިދުމަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ތެލަސީމިއާ ކުދިންގެ ފަރުވާ އޮރެންޖު ހިޔާއަށް ބަދަލުކުރިއިރު އެތަނަށް ފަސޭހައިން ދެވޭނެ ގޮތް ހެދުމަށް ހާއްސަ ބަސް ރޫޓެއް އެމްޓީސީސީންވަނީ  ތައާރަފުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް