
ރައީސް ފެެއްޓެވި ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަނީ
ރައީސްގެ ޕޮޑްކާސްޓް 5ވަނަ އެޕިސޯޑް މިއަދު އެކެއް ޖަހާއިރު
މުހައްމަދު އާދަމް އަހްމަދު
08 މޭ 2025 - 12:06:16
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑް މިއަދު އޮންނާނެއެވެ.
މީ ރައްޔިތުންނާއި ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ފެށި ޕޮޑްކާސްޓެއްކަމަށް ރައީސް އޮފީހުން ބުނެެެެެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑް މިިއަދު އާއްމުކުރަން ވަނީ ނިންމާފައެވެ. މި އެޕިސޯޑުވެސް އޮތީ މެންދުރު 1 ޖަހާއިރުކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕޮޑްކާސްޓް ގެނެސްދޭނީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުންނެވެ.
ޕޮޑްކާސްޓް ހޯސްޓަކީ ޓީވީއެމްގެ މަޝްހޫރު ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް