ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ލަފާކުރި ވަރަށްވުރެ ހިލޭ އެހީ ލިބުނު މިންވަރު ބޮޑުތަނުން ދަށް ވެއްޖެ
ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ލަފާކުރި ހިލޭ އެހީގެ މިންވަރަށްވުރެ ލިބުނު އަދަދު ވަރަށް ބޮޑުތަން ދަށްވެއްޖެއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 81.7 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 219.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 62.8 ޕަސަންޓުގެ ދަށްވުމެކެވެ.

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.59 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، މިހާތަނަށް ލިބިފައިވަނީ އޭގެ 3.16 ޕަސަންޓު އެކަނި ކަން ފާހަގަކުރެވެއެވެ. ނަމަވެސް ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީ ވަނީ 3.47 ޕަސަންޓު އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 13.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރު ލިބިފައިވަނީ 13.5 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ޓެކްސް އާމްދަނީ 1.03 ޕަސަންޓު ދަށްވެފައިވާއިރު، ޓެކްސް ނޫން އާމްދަނީ ވަނީ 32.3 ޕަސަންޓު އިތުރުވެފައެވެ. ޓެކްސް އާމްދަނީ ދަށްވި ނަމަވެސް، ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުން ލިބޭ އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ގްރީން ޓެކުހުގެ އާމްދަނީ 73.7 ޕަސަންޓު އަދި ޑިޕާޗާ ޓެކުހުގެ އާމްދަނީ 31.9 ޕަސަންޓު އިތުރުވެފައިވެއެވެ. އަދި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ 5.3 ޕަސަންޓު އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް