ads
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން އަންގާފއިވާ ސަރަހައްދެއް
ތިލަފުށީ ޕޯޓުގެ އީއައިއޭ އާއި ސާވޭތަކަށް އެމްޕީއެލްއިން އަލުން އިއުލާނުކޮށްފި
ތިލަފުށީ ޕޯޓުގެ އީއައިއޭ އާއި ސާވޭތަކަށް އެމްޕީއެލްއިން އަލުން އިއުލާނުކޮށްފި އެވެ.
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިކަމަށް ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާނުކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.

ތިލަފުށީ ޕޯޓުގެ އީއައިއޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާވޭ އަދި ބަތިމެޓްރީ ސާވޭ ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އެމްޕީއެލްއިން މިދިޔަ އެޕްރީލް މަހުވެސް އިއުލާނުކޮށްފައިވެ އެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަގު ހުށަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ 11:00 އަށެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން މިދިޔަ ސަރުކާރުން ނިންމި ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ތިލަފުށީގައި ޕޯޓް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ސާވޭތައް ކުރުމަށް ކޮންސަލްޓެންޓުން ހޯދުމަށް އެމްޕީއެލްއިން މަސައްކަތް ކުރަމުންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް