
މިކަން ހާމަވެފައިވަނީ ޒާރާ އިންސްޓަގުރާމުގައި ރަތްކުލައިގެ މާތަކަކާއެކު ކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި ޒާރާ ލިޔެފައިވަނީ "ކާންޓް ހެލްޕް ފޯލިން އިން ލަވް ވިތް މައި ގަލްބީ" މިހެންނެވެ. "ގަލްބީ" އަކީ އަރަބި ބަހުން "ހިތް" ނުވަތަ "ލޯބިވާ މީހާ" އަށް ކިޔާ ނަމެކެވެ.
ސިޔާމާއި ޒާރާ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޒާރާގެ އުފަން ރަށަކީ ބ. ކަމަދޫއެވެ.
ސިޔާމް ކެއާގެ ފަރާތުން ވަނީ 564 މީހުންގެ އާބާދީއެއް އޮންނަ ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތްވެސް ހަމަޖައްސައިދީފައިވެއެވެ. އެގޮތުން ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ސިޔާމް ނިންމަވާފައިވާކަމަށް ކަމަދޫ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ. މީގެއިތުރުން ސިޔާމް ކެއާގެ ފަރާތުން ވެލިދޫ ދާއިރާގައި ހިމެނޭ ތިން ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށްވެސް ބިސް ކޭހެއް ވަނީ ދީފައެވެ.