ads
މިދުވަސްވަރު ވެރިރަށް މާލޭގައި ޑެންގީ ހުން ފެތުރެނީ
މިދުވަސްވަރު ވެރިރަށް މާލޭގައި ޑެންގީ ހުން ފެތުރެމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މިއަހަރުގެ ވޭތުވެ ދިޔަ މަސްތަކާއި އަޅާ ބަލާއިރު އޭޕްރީލް މަހުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު އިތުރު ވެފައިވާކަމަށެވެ.  

މި އަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައަދުންކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މިދިޔަ މަހު މާލޭ ސަރައްދުން ޑެންގީ ޖެހިފައިވާ 134 މީހަކު ފެނިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދެން އެންމެ ގިނައިން ޑެންގީ ބަލީގެ މީހުން ފެނިފައިވަނީ  ރ އަދި އއ އަތޮޅުންނެވެ. ރ. އަތޮޚުން ޑެންގީގެ 57 ކޭސް ފެނިފައިވާއިރު އއ އަތޮޅުން 40 ޑެންގީ ކޭސް ފެނިފައިވާކަމަށް ހެލްތުން ބުނެއެވެ.

ޑެންގީއިން ރައްކާތެރިވުމަށް / މަދިރި ހެފުމުން ރައްކާތެރިވުން:

🔸މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން. މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ  ތަކެތި ބޭނުންކުރުން މުހިންމު. DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone)

🔸ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން.

🔸ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.

🔸މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.

އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި, އެންމެ ރަގަޅީ ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން.

މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން:

🔸ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ބަންދުކުރުން.

🔸އާއްމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާ ގޮތަށް ހުންނަ (ހުސްފުޅި އާއި ދަޅު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/ މަތިއެޅުން.

🔸މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުން.

🔸ދައުރު ނުވާގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން.

ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑިސް މަދިރި ބިސް އަޅާ އާލާވެއެވެ. 

އީޑިސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައި ހުރެއެވެ. އަދި ހަލާކުނުވެ 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހުރެއެވެ. މިފަދަ ތަކެތި ރަގަޅަށް ސާފުކުރުން މުހިންމުއެވެ.

ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވ.ެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް