
ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ނިޔާވި ފުލުހުންގެ ކޮންސްޓަބަލް ހުސައިން ގާއިސް
ތަމްރީނުގައި އުޅެނިކޮށް ނިޔާވި ފުލުސް އުފަން ރަށުގައި ވަޅުލައިފި
މުހައްމަދު އާދަމް އަހްމަދު
08 މޭ 2025 - 18:53:05
ދ. ވާނީގައި ފުލުހުންގެ ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ނިޔާވި ފުލުހުންގެ ކޮންސްޓަބަލް ހުސައިން ގާއިސް އުފަން ރަށުގައި ވަޅުލައިފިއެވެ.
އުމުރުން 34 އަހަރުގެ ހުސައިން ގާއިސް ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެގެ މެންދުރުގެ ފަހުގެ ވަގުތެއްގައެވެ.
ގާއިސް ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންގޮސް ވަޅުލައިފައިވަނީ އޭނާގެ އުފަން ރަށް ސ.ހުޅުދޫގައި މިއަދު ހެނދުނުއެވެ.
ގާއިސް އަކީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު ރެކްރޫޓްއެކެވެ.
ގާއިސްގެ ހާލު ދެރަވެގެން ފުރަތަމަ ފަރުވާދިނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށްކަމަށް ފުލުހުން ވަނީ ބުނެއެވެ. އަދި އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗަށް ބަދަލުކުރީ މިދިޔަ އާދިއްތަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނާއި ސިފައިންގެ ތަމްރީނު ތަކުގައި މަދުންނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.
33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް