ads
ދިރާގުގެ 96 މުވައްޒަފުންގެ އަގުވަޒަންކޮށްފި
ދިރާގުގެ އަހަރީ އެވޯޑް ހަފްލާގައި 96 މުވައްޒަފުންގެ އަގުވަޒަންކޮށްފި
ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައި، 96 މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
Advertisement

މި ހަފްލާއަކީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދިރާގުން ބާއްވާ ހާއްސަ ހަފްލާއެކެވެ.

ހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު އަދި ދިރާގުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. މި ހަފްލާގައި ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް އެވޯޑް ހަވާލުކުރިއެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42 މުވައްޒަފުންނަށް ވެސް އެވޯޑް ހަވާލުކުރިއެވެ. މީގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިންގ ލީޑާސް އެވޯޑް ހިމެނެއެވެ.

ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ޗެއާޕަރސަންސް އެވޯޑް ލިބުނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވަރކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށެވެ. ޝަންމޫންއަކީ 2024 ވަނަ އަހަރުގެ ތެރޭގައި ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފެކެވެ. މީގެ ތެރޭގައި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އައު ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގުމާއި، މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގުރޭޑް މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް