ads
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު. ފޮޓޯ؛ މިހާރު
ކޮންމެ ކުއްޖަކީވެސް ހާއްސަ އަމިއްލަވަންތަކަމެއް ލިބިގެންވާ ކުއްޖެއް: ނިއުމާތު ޝަފީގް
ކޮންމެ ކުއްޖަކީވެސް ހާއްސަ އަމިއްލަވަންތަކަމެއް ލިބިގެންވާ ކުއްޖެއްކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވިދާޅުވެއްޖެއެވެ.
Advertisement

ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ނިއުމާތު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ތަފާތު ކަންކަން ކުރާހިތްވާ، ތަފާތު ހުނަރުތަކެއް ލިބިގެންވާ ކުއްޖެއްކަމަށެވެ. އަދި ކުދިންނަށް އަމިއްލައަށް ކުރެވޭނެ ކަންކަން ދެނެގަނެ، އަމިއްލަ އިސްނެގުމާއެކު ކަންކަން ކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި ޒިންމާ އުފުލުމަށް ކުދިންނަށް ހިތްވަރު ދޭންޖެހޭ ކަމަށް ނިއުމާތު ވިދާޅުވިއެވެ. އަދި ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، ކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދޭ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. ބެލެނިވެރިން ކުދިންނާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ކުދިންނަށް އުފާވެރިކަމާ އެ ކުދިންގެ ތަރައްގީއަށް މަގުފަހިވާނެފަދަ ވަގުތުތަކަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށްވެސް ނިއުމާތު ވިދާޅުވިއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" ކަމަށް ފާހަގަކޮށް، ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންނާ، ބެލެނިވެރިންނާ، ކުޑަކުދިންގެ ކުރިއެރުމާއި ލާބައާ މަންފާއަށް މަސައްކަތްކުރާ ފަރާތްތަކާއި، އަދި މުޖްތަމައުގެ އެންމެހާ ފަރާތްތަކަށް ނިއުމާތު ވަނީ ދަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް