ads
ރައްޔިތުންގެ މަޖިލީހުގެ ނައުބު ރައީސް މުހައްމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ލަންޑަނަށް ވަޑައިގެންފި
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރާވަޑައިގެންފިއެވެ.
Advertisement

މި ބައްދަލުވުން އޮންނާނީ މި މަހުގެ 12 އާއި 13 ވަނަ ދުވަހު ލަންޑަނުގައެވެ. ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގައި އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ހައިސިއްޔަތުންނެވެ.

މިފަހަރުގެ ބައްދަލުވުމަކީ ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު މި އަހަރުތެރޭގައި ބަދަލުވާތީ، އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ. 1911 ވަނަ އަހަރު އުފެދުނު ސީޕީއޭ މިހާތަނަށް ހިންގަމުން ގެންގޮސްފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް، މިއަހަރު ޖަނަވަރީ 16 ގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޝާހީ ރުހުން ދެއްވި ގާނޫނަކުން، ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު ބައިނަލްއަގުވާމީ ޖަމާއަތަކަށް ބަދަލުކޮށްފައިވެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވާ އިތުރު ގާނޫނަކުން ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ.ގެ އާންމު މަޖިލިސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ހަރަކާތުގެ ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް