ads
މުހައްމަދު ނަޒީރު: ފޮޓޯ އަވަސް
ނަޒީރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ކުރެވި ބޭފުޅެއް: ރައީސް
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރު މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
Advertisement
ނަޒީރު އަވަހާރަވީ އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްޔެ ވަގުތެއްގައެވެ. 

ނަޒީރު އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދަޅުވީ ނަޒީރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ކުރެވި ބޭފުޅެއްކަމަށެވެ. އަދި ނަޒީރު އަވަހާރަވުމުން އެ ހިތާމާގައި ބައިވެރިވާކަން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. 

ސަންލޭންޑް ނަޒީރަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް ބައިވެރިވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި "އޮގަސްޓު 12-13" މުޒާހަރާގެ ތެރެއިން ޖަލުގައި ވެސް އޭނާ ބަންދުކުރެވުނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޓްރޭޑް އެންވޯއިގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.

ސަންލޭންޑް ކުންފުންޏަކީ 1976 ވަނަ އަހަރު އުފެދިގެން އައި ޓްރެވަލް އޭޖެންސީއެކެވެ. އެ ކުންފުނިން 1990 ގެ އަހަރުތަކުގައި ވިޔަފާރި ފުޅާކޮށް ރިސޯޓު ހިންގުމުގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. މިއަދު ސަންލޭންޑް ހޮޓެލްސްއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް