ads
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަށް ދިރާގުން ޕާޓްނާޝިޕްހެދުން
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަށް ދިރާގުން ޕާޓްނާޝިޕް
ހޮޓެލިއާ މޯލްޑިވްސްއިން 2025 ވަނަ އަހަރު ބާއްވާ އެވޯޑްސް ހަރަކާތްތަކަށް ދިރާގުން ޕާޓްނަރޝިޕް ހަދައިފިއެވެ.
Advertisement

މި ޕާޓްނަރޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ބޭއްވުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވި ގޮތުގައި ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި އެވޯޑްސްއަށް މިހާރު ވަނީ 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައެވެ. އަދި 600،000 އަށްވުރެ ގިނަ އާންމު ވޯޓު ވަނީ 25 އެޕްރީލް 2025ގައި ވޯޓުލުން ބަންދުކުރުމާ ހަމައަށް ލިބިފައެވެ. ދިރާގުން ދަނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް