ads
މިނިސްޓަރު މުއްތަލިބް
މަގޫދޫ އެއާޕޯޓް ނިންމާ މިދައުރުގައި ހުޅުވާނަން: މުއްތަލިބް
ފ. މަގޫދޫ މިދިޔަ ސަރުކާރުން އަޅަން ފަށާފައިވާ އެއާޕޯޓް ނިންމާ މިދައުރުގައި ހުޅުވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުއްﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް މި ސަރުކާރުން އައިސް އެ މަސައްކަތް ހުއްޓާލުމުން އެ ރަު ރައްޔިތުން ވަނީ އިހްތިޖާޖުވެސްކޮށްފައެވެ. އަދި މަސައްކަތައް ބޭނުންކުރަމުން ދިޔަ ބައެއް މެޝިނަރީޒްގެ ރަށުން ބާލަން އުޅުމުން އެރަށޫ ރައްޔިތުން ވަނީ އެކަން ހުއްޓުވާފައެވެ. 

ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ނިންމާ މިދައުރުގައި ހުޅުވާނެކަމަށެވެ. އަދި މަސައްކަތުގައި ލަސްތަކެއް ހުރިކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުރިންސުރެ ނިލަންދޫގައި އަޅަން އޮތް އެއާޕޯޯޓެއް މަގޫދޫއަށް ބަދަލުކުރުން އެއީ ރަނގަޅަށް ކުރިކަމެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. 

" ކުރީގައި ނިލަންދޫގައި އެޅުމަށް، އެންމެ ކުރީގައިވެސް އަބަދުވެސް ނިލަންދޫގައި އެޅުމަށް ކަނޑައެޅިފައިވާ ޕްރޮޖެކެޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެހެންވީމާއި އެއާއި އެކު ސަރުކާރުން ޑިވިލޮޕްމެންޓަލް ޕްލޭނާއި އެއްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަންޖެހޭނެ، އެހެންނަމަވެސް މަގޫދޫގައި ކުރިޔަށް ގެންގޮސްފައި އޮތް މަޝްރޫއު އަޅުގަނޑުމެން ގޮސް ނިންމާނަން.: މުއްތަލިބް ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓް މަސައްކަތުގައި ލަސްތަކެއް އުޅުނަސް މާ ލަސްތަކެއް ނުވެ މަސައްކަތް އަވަސްކޮށް އެއާޕޯޓް ނިންމާނެކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. 

1800 މީޓަރގެ ދިގު ރަންވޭއަކާއެކު ހަދާ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަކީ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޕްރައިވެޓް ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލަކާއި އެހެނިހެން އިންތިޒާމުތައް ހިމެނޭ އެއާޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް