ހަބަރު /

ކޮންމެ ހައްޖުވެރިޔަކަށް 1750 ޑޮލަރު ލިބޭނެ: ރައީސް
މުހައްމަދު އާދަމް އަހްމަދު
12 މޭ 2025 - 13:41:37
މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖުވެރިންނަށް 1750 ޑޮލަރު ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖުވެރިންގެ ކާޑު ލިމިޓް އިތުރުކުރަން ބީއެމްއެލް އަންގާފައިވާކަމަށެވެ.
" މިއަހަރު ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދެފިން." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެއެވެ.
ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައިވާކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް