މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ތިމަރަފުށީގެ މަގުތައް ހެދުމުގެ މަސައްކަތްކޮށް އާރުޑީސީން ކޮށް މިހާރު ހުއްޓުމަކަށް އައިސްފައިވަނީ ތާރު އެޅުމާއި ހަމައިގައިކަމަށެވެ. އަދި މަސައްކަތް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ ގާބިލްކަން އާރުޑީސީގައި "މިވަގުތު ނެތުމުން" ކަމަށެވެ.
ތާރު އެޅުމުގެ ގާބިލުކަން ނެތްކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ އާރުޑީސީންނެވެ. އަދި އާރުޑީސީން ވަނީ ބައެއް މަގުތަކުގައި ތާރު އަޅައިގެން ހަދާވެސް ފައެވެ. އޭގެތެރޭގައި މަލޭގެ އަމީނީމަގުވެސް ހިމެނެއެވެ.