ads
ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ހިންގުމަށް ސޮއިކުރުން --- ފޮޓޯ/އެޗްޑީސީ
ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރަނީ
ހުޅުމާލޭ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކޮށް ހިންގުމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓޫރިޒަމްއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
Advertisement

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފު ޖަމީލް އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނާސަރީ ހެދުމުގެ މި އެއްބަސްވުމުގެ ދަށުން 55،000 އަކަފޫޓުގެ ބިމެއްގަައި ނާސަރީ ޑިޒައިންކޮށް އަދި ހަދައިދެނީ އެޗްޑީސީ އިންނެވެ.

ނާސަރީ ނިމުމުން އެތަނުގައި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ލެބޯޓަރީއެއްގެ އިތުރަށް ގްރީންހައުސްއެއްވެސް ހުންނާނެ އެވެ.

ނާސަރީ ހަދަނީ ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށާއި އެ ޕްރޮގުރާމަށް ފަހުވެސް ބޭނުންވާ ގަސް ލިބޭނެ ގޮތް ހެދުމަށެވެ.

މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ބޭނުންވާ އަމާޒަށް ވާސިލުމަށް މަގުފަހިވާނެކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އަމާޒަކީ، ބެލުމުގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް