
އާއްމުކޮށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ހެނދުނު 9:00 ޖަހާއިރު ބޭއްވި ނަމަވެސް ދައުރު ނިންމާ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިއަދު މެންދުރު 13:30 ގައެވެ.
މިއަދު ދައުރު ނިންމަން ބައެް މަސައްކަތައް ނިންމާ ރޭ ދަންވަރުވެސް މަޖލީހުގެ ބައެއް ކޮމެޓީތަކުގައި ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.
ރޭ ދަންވަރު 12:30 ގައި ރޭ ވަނީ މަޖިލީހުގެ ކޮމިޓީއެއް ބާއްވާފައެވެ. ރޭ ދަންވަރު ބޭއްވި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެކެވެ. މީގެއިތުރުން ރޭ 9:00 ގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. އެއީ މަޖިލީހުން އިއްޔެ އަނބުރާ ކޮމިޓީއަށް ފޮނުވައިލި ބަންޑާރަނައިބުގެ އޮފީހުގެ ބިލަށް މަޝްވަރާކުރާށެވެ. ކޮމިޓީން ރޭ ނިންމީ ޑެޕިއުޓީ އެޓާނީ ޖެނެރަލް އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމަށް ފަހު ބިލު އަލުން ތަޅުމަށް ފޮނުވާށެވެ.
ކޮމޓީތަކުގެ ބައްދަލުވުމަށްފަހު މިއަދު ޖެލްދސާގެ އެޖެންޑާ ނިންމާ މެމްބަރުންނަށް ފޮނުވާފައިވަނީ ރޭ ފަތިހު 3:13 އެހާކަންހާއިރުއެވެ.