ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޓްރާންސްޕޯޓް މިނިސްޓަރު އަމީން
އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުން މިއަދު
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
Advertisement

ރައްޔިތުން މަޖލީޙުގެ މި ދައުރުގެ އެންމެ ފަހު ޖަަލްސާ މިއަދު މެންދުރު 13:30 ގައި ބާއްްވަން ވަނީ ތާވަލުކޮށްފައެވެ. މި ޖަލްސާ މިއަދު ބާއްވަން ބައެއް ކޮމެޓީތަކުގެ މަސައްކަތް ރޭ ދަންވަރުވެސް ވަނީ ބާއްވާފައެވެ. އަދި މެމްބަރުންނަށް ޖަލްސާގެ އެޖެންޑާ ފޮނުވާފައިވަނީ ރޭ ފަތިހު 3 ޖެހިފަހުންނެވެ. 

މިއަދު ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ. 

ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކުއެވެ. މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވީ މިމަހު 1 ވަނަދުވަހުއެވެ. 

އަމީންގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން ހުށައެޅި މައްސަލަގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުން ވަނީ ފާހަގަކޮށްފައެވެ  މީގެއިތުރިން ސީސީޓީވީ ކެމެރާ އެ ގޭގައި ހަލާކުވެފައިވާ ކަމަށް ބުނެ ސީސީޓީވީ ފުޓޭޖުތައް ބަލަން ފުލުހުންނަށް ނުދިނުމަކީވެސް  ކަންބޮޑުވުމެއް ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް