ads
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
އަމީން ގޭގެ ސިީސީޓީވީ ހަލާކުވެފައި، ފުޓޭޖު ފުލުހުންނަށް ނުލިބުނު
ހައްވާ ޔުމުން ރަޝީދު ވެއްޓުނު ރޭ އޭނާ އެންމެ ފުރަތަމަ ދިޔަކަމަށް ބުނާ މއ. މާންދޫގެ ދެކުނުގެ ސީސީޓީވީ ފުޓޭޖް ލިބިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މއ. މާންދޫގެ ދެކުނުގެ އަކީ ޔުމްނު ވެއްޓުނު މައްސަލާގައި ޕާސްޕޯޓް ހިފެހެއްޓި އެންމެން އެންމެ ފުރަތަމަ ޕާޓީކުރި ގެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާއި މި މައްސަލާގައި ޕާސްޕޯޓާއި ފޯން ހިފަހައްޓާފައިވާ އިޒްދިޔާން މުހައްމަދު މައުމޫން ގެއެވެ. އޭނާއަކީ އަމީންނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. 

ޔުމްނު ވެއްޓުނު މައްސަލާގައި އެރޭ އޭނާއާއި އެކު އުޅުނު މީހުންގެ ޕާސްޕޯޓާއި ފޯން ހިފަހައްޓާ އެމީހުން އުޅުނު ތަންތަން ބަލާ ފާސްކުރަން ފުލުހުން ނިންމީ ފުލުހުންނަށް ގިނަ ބަޔަކު މި މައްސަލާގައި ފާޑުކިޔަން ފެށުމުންނެވެ. އަދި އެތަން ތަން ބަލާފާސްކުރަން އަމުރެއް ހޯދާ އެތަންތަން ބަލާ ފާސްކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. 

މި މައްސަލާގައި ފުލުހުން މީޑިއާއަށް ދިން ޖަވާބުގައި ބުނީ މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ފުލުހުންނަކަށް ނުލިބުނުކަމަށެވެ. ސަބަބެއްކަމަށް ބުނީ  "ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް" ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވުންކަމަށެވެ. 

ފުލުހުން ބުނީ މއ. މާންދޫގެ ދެކުނުގޭގެ ވެރިފަރާތުން ބުނިގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީންކުަރން މަސައްކަތް ކުރިކަމަށެވެ، އަދި ކުރި މަސައްކަތުން ފުޓޭޖު ނެތްކަން ކަށަވަރުކުރެވިފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

މި މައްސަލައާއި ގުޅިގެން ފުލުހުން ބޭއްވި ޕްރެސްއެއްގައި އޭރު ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅުން ހުރި ގެތަކުގެ ފޫޓޭޖުތައް ފުލުހުން އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިނިސްޓަރު އަމީން އުޅުއްވާ މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖްތައް ލިބުނުކަން އެނގޭނީ އެ މަސައްކަތް ނިމުމުންކަމަށެވެ. 

މިނިސްޓަރުން ދިރިއުޅުއްވާ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސިފައިންނެވެ. އެހެންކަމުން އެގޭގޭގައި ސީސީޓީވީ ހަރުކުރަން ސިފައިން އޮންނަނީ މަޖްބޫރުކޮށްފައެވެ. އަދި ސިފައިންގެ ބެލުމުގެ ދަށުންވެސް އެކަން ކުރަމުން އައިސްފައިވެއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް