
ޔުމްނުގެ މައްސަލަ ބަލަން ހެދި ރިޔާސީ ކޮމިޝަނުގެ މަސައްކަޔް ކުރިޔަށް ގެންދާނެ ގޮތުގައި ގަވައިދެއް ހަދާ ވަނީ އާޢްމުކޮށްފައެވެ. އެ ގަވައިދު ބުނާގޮތުން އެ މައްސަލަ ތަހުގީގު ނިންމަން ވަކި މުއްދަތެއް ނެތްގޮތަށް ވަނީ ކަނޑައަޅާފައެވެ.
ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަޙހުގީގަން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއ،ި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއއި އެނޫން ވެސް މަޢުލޫމާތު ކޮމިޝަނުން ބޭނުންވެއްޖެ ނަމަ ދޭންޖެހޭނެކަމަށް ގަވައިދުގައިވެއެވެ.
މީގެ އިތުރުން ކޮމިޝަނުގެ ބައްދަލުވުން ، ރަސްމީ ބަންދު ދުވަސް ފިޔަވައި ހަފުތާގެ ފަސް ދުވަހު ބާއްވަންވާނެކަމަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ބައްދަލުވުންތައް ބޭއްވުމަށް ބޭނުންނަމަ އެކަންވެސް ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
ޔުމްނު ވެއްޓުނު މައްސަލަފައި ފުލުހުންގެ ތަހުގީގަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވި ރިޔާސީ ކޮމިޝންގައި ފަސް މެމްބަރުން ތިއްބަވައެވެ.