
ޕީޕީއެމް އުވާލިއިރު އެޕާޓީގެ ސެނެޓް މެމްބަރުންގެ ގޮތުގައި ތިބި މެމްބަރުންގެ ތެރެއިން މި ސަރުކާރުގެ ވަޒީރުންނާއި ވެރިންގެ ތެރެއިން ޕީއެންސީއަށް ސޮއި ނުކުރާ ބައެއް ވެރިން ރޭ ވަނީ ޕީއެންސީއަށް ސޮއިކޮށް އިގުރާރު ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކޮށްފައެވެ.
ރޭ ޕީއެންސީއަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ވެސް ހިމެނެއެވެ.
ބްރޯޑްކޮމް އަކީ މިނިވަން މުވައްސަސާއެއްގެ ގޮތުގައި ހިންގަމުން އަންނަތަނެކެވެ.
މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ ކޮމެޓީ މަރުހަލާގައި ދެވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާ ކަޓުވަލާ ކޮމިޝަނަށް މުހަންމާ އައްޔަން ކުރަން މަޖީހުން ނިންމީ މިއަހަރުގެ ޖެނުއަރީ 16 ގައެވެ. މުހަންމާ އައްޔަންކުރަން ފެންނަކަމަށް ވޯޓް ދެއްވީ 58 މެމްބަރުންނެވެ.