ads
މޫޑީސް އިންވެސް މި ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައި
މޫޑީސްގެ ރިވިއުގައި ރާއްޖޭގެ މިހާރުގެ ރޭޓިން ދަމަހައްޓައިފި
ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް ގެނެވިފައިވަނީ ހާލަތަށް މާބޮޑު ބަދަލެއް އަންނާނެ ރިފޯމުތަކެއް ކަމަށް ނުވާތީ، ރާއްޖޭގެ ރޭޓިން މަތިވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ބުނެފި އެވެ.
Advertisement

މޫޑީސް އިން އާންމުކުރި، ޕީރީއޮޑިކް ރިވިއުގައި ބުނެފައިވަނީ، މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އޮތް އިރު، ރޭޓިންނަށް އަޕްގްރޭޑެއް ނުވަތަ ރަނގަޅުވާނެ ބަދަލެއް ނުފެންނަ ކަމަށެވެ. "ސީއޭއޭ2" ރޭޓިންއަކީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ "ޖަންކް" ރޭޓިންއެކެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފަ އެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"'އަށް ދަށްކޮށްފަ އެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ "ސީއޭއޭ2"ގައި ދަމަހައްޓައިފަ އެވެ.

މި ފަހަރުގެ ރިވިއުގައި ފާހަގަކުރި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ރިޒާވް މަޑުމަޑުން އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން ބާޒާރުތަކުގެ ހާލަތު ބަދަލުވަމުން ދިއުމަކީ ރާއްޖެއަށް ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުން ފައިނޭންސް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަށް ނުވަތަ އަލުން ފައިނޭންސްކުރުމަށް ނުވަތަ ރީފައިނޭންސް ކުރެވޭކަން މިހާރުއްސުރެ ކަށަވަރުކުރުން ކޮންމެހެން މުހިންމެވެ. 

އަދި އާ ރޭޓިންއެއް ކަނޑައަޅާ އިރު އަންނަ އަހަރުގެ ބޮޑު ދަރަނި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފައިނޭންސިން ހޯދިފައިވާ ވަރު ވެސް ބަލާނެ ކަމަށް މޫޑީސް އިން ބުނެފައިވެ އެވެ. މޫޑީސްގެ މި މުރާޖައާއިން ބުނެދެނީ ރާއްޖޭގެ އެތެރޭގެ އިގްތިސާދީ ދުވެލި ރަނގަޅު ނަމަވެސް ބޭރު ފައިސާގެ ރިޒާވް އާއި ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވުމެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް ކުރަން ޖެހޭ ކަމަކީ ހަރަދުކުޑަކުރުން ހިމެނޭ ގޮތުން މާލީ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް ތަންފީޒުކުރުމެވެ. 

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓަރުން ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް