
2020 ވަނަ އަހަރުގެ އޮކްޓޫބަރު 4 ގައި ފުލުހުން މީނާ ހައްޔަރުކުރީ އިތުރު ބަޔަކާއި އެކު ކަނޑުމަގުން އައްޑޫއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ.
ފުލުހުން, ފިނިފަރު/ސ. ހިތަދޫ އުމުރުން 38 އަހަރުގެ އަބްދު ﷲ އިބްރާހީމް ހައްޔަރުކުރީ ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށެވެ. ފުލުހުން ގޮސް ކަނޑުމަތިން ހުއްޓުވަން މަސައްކަތް ކުރި ވަގުތު މީނާވަނީ ކަނޑަށް ގޯނިތަކެއް އުކާލާފައެވެ. ފުލުހުން ވަނީ ކަނޑަށް ފުންމާލައިގެން އެތަކެތި ނަގާފައެވެ.
މި އަބްދު ﷲ އިބްރާހީމް ގެ މައްޗަށް، މަސްތުވަތާކެތި އެތެރެކުރުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލިއެވެ.
އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ، ޕީޖީއޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށް އަދަބު ލުއިކޮށްފައެވެ.
އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ ކުށުގެ އަދަބަކީ 50 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެންނަމަވެސް ޕީޖީ އޮފީހާ އެކު ހެދި އިއުތިރާފު އެއްބަސްވުމުން އަދަބުގެ ދެބައިކޮށް އެއްބައިވަރު ލުއިވެ 25 އަހަރަށް ބަދަލުވިއެވެ.
ކޯޓުން މައްސަލަ ނިންމާ ހުކުމްކުރީ އެއްބަސްވުމުގައިވާ ގޮތަށް 25 އަހަރަށް ޖަލަށް ލުމަށެވެ. އެހެންނަމަވެސް ބަންދުގައި 4 އަހަރު ހޭދަކޮށްފައިވާތީ، ހުކުމުން ދެން ތަންފީޒުކުރަން ޖެހެނީ 21 އަހަރެވެ.