ads
އެމްއެމްއޭ މައި އޮފީސް
އެމްއެމްއޭއަށް ބޭންކްތަކުން ވިއްކަންޖެހޭ ޑޮލަރުގެ އަދަދު 90 ޕަސަންޓަށް ބޮޑުކޮށްފި
ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކްތަކުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ވިއްކަންޖެހޭ އަދަދު 90 ޕަސަންޓަށް ބޮޑުކޮށްފިއެވެ.
Advertisement

މިހާރު ބޭންކްތަކުން އެމްއެމްއޭއަށް ވިއްކަނީ ލިބޭ ބޭރު ފައިސާގެ 60 ޕަސަންޓެވެ. މި ބަދަލާއެކު އަންނަ މަހުން ފެށިގެން ބޭންކްތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސަންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭނެއެވެ.

އެމްއެމްއޭއިން މިއަދު ބުނީ މި ބަދަލު ގެނެސްފައިވަނީ ކޮންމެ ހަފުތާއަކު ބޭންކްތައް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ބޭރު ފައިސާ ހަރުދަނާ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ. ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކްތަކަށް މާރުކުރަން ޖެހެއެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނެއް ވަނީ ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން، ޓޫރިޒަމްގެ ދާއިރާގެ އެކި ފަންތީގެ ވިޔަފާރިތަކުން ބޭންކްތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ތަފާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް