ads
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ (ވ)
މެމްބަރުން އެދޭގޮތް ނަހަދާތީ ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑްކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑުކޮށްފިއެވެ.
Advertisement

ޒީނިޔާ ސަސްޕެންޑުކޮށްފައިވަނީ މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އަދި، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އޭނާއަށް އަންގައިފައިވާކަން ވަނީ އެނގިފައެވެ. 

އެނގިފައިވާ ގޮތުގައި، ޒީނިޔާ ސަސްޕެންޑްކޮށްފައިވަނީ ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިހްތިރާމު ކުޑަކުރާތީއެވެ. އޭގެ އިތިރުން ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވުންވެސް ހިމެނެއެވެ.

ބްރޯޑްކޮމްގެ އެސްޖީ ޒީނިޔާ މަގާމުން ސަސްޕެންޑުކޮށްފައިވާ މިވަނީ، އެކޮމިޝަންގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން މެމްބަރު އެތަނުގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެކިގޮތްގޮތުން ދަތިކުރާތީ އާއި ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މުވައްޒަފުންނަށް އުނދަގޫތައް ކުރިމަތިކުރުވާ ކަމަށް ބުނެ އެކަމަށް އަވަސް ހައްލެއް ހޯދައިދީ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުން މަޖިލިހަށް އެ ކޮމިޝަނުގައި މަސައްކަތްކުރާ 17 އަށްވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށައަޅާފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް