ads
ޑިސްކައުންޓު ދޭ ފިހާރައެއް: ފޮޓޯ ބީއެމްއެލް
ބީއެމްއެލް ކާޑުން ޕޭމަންޓް ހަދާ ފަރާތްތަކަށް 45 ޕަސަންޓާ ހަމައަށް ޑިސްކައުންޓް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ޕޭމަންޓް ކުރާ ފަރާތްތަކަށް 45 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތް ހަދައިފިއެވެ.
Advertisement

މި ޑިސްކައުންޓް ލިބެނީ ބީއެމްއެލްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ނަމައެވެ.

ބީއެމްއެލްއިން އޮފީހުން ބުނީ، މި ޑިސްކައުންޓް ލިބޭނީ އެ ބޭންކުގެ އޮފާ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުންނެވެ. މީގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.

ޑިސްކައުންޓް ލިބޭ ފިހާރަތަކާއި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ކަސްޓަމަރުންނަށް ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ. މި މައުލޫމާތު އޮންލައިންކޮށް https://offers.merchants.bankofmaldives.com.mv/ އިން ބެލެން ހުންނާނެކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް