ads
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެމްސީގެ ބައި-އިލެކްޝަނަށް އަލުން ހުޅުވާލައިފި
ވޯޓުލުމާ ހަމައަށް ގޮސްފައިވަނިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ބައި-އިލެކްޝަނަށް އަލުން ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
Advertisement

މިއަދު އަލުން އިއުލާނު ކުރީ މި އިންތިހާބަށް ކުރިމަތިލާފައިވާ މީޑިއާތައް ތަމްސީލުކުރާ ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔުމާ ގުޅިގެންނެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، އަލުން ހުޅުވާލާފައި މިވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މަގާމަކާއި އަމިއްލަ މެންބަރެއްގެ މަގާމު ހިމެނޭގޮތަށް ޖުމްލަ ތިން މަގާމަށެވެ. މި އިންތިހާބުގެ ވަރަށް ގިނަ މަރުހަލާތައް ނިމި، ވޯޓުލާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، އެއަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީ އަދި ދާއިމީ ލިސްޓު ވެސް ނެރެފައިވަނިކޮށް މިގޮތަށް އަލުން ކުރިމަތިލުމަށް ހުޅުވާލަންޖެހުނީ ކުރިން ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔައުމާ ގުޅިގެންނެވެ.

އަލުން ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް، މީގެ ކުރިން ކުރިމަތިލާފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލާކަށް ނުޖެހޭނެއެވެ. އަލަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ކުރިމަތިލާން ޖެހޭނީ ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތަށް ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި އީމެއިލު މެދުވެރިކޮށް ފޮނުވާ ހުށަހަޅައިގެންނެވެ. އަދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރު 2 ކަމަށް ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް