ads
ރައީސް މުއިއްޒު
ދުންފަތް މަނާ ކުރާ ބިލް ރައިސް ތަސްދީގު ކުރައްްވައިފި
ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގުކުރައްވައިފި އެވެ.
Advertisement

އެ ތާރީހީ ބިލް ރައީސް ތަސްދީގު ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ބިލް ތަސްދީގުކުރައްވުމާއެކު ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާވާނެ އެވެ.

ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. 

"ޖެނެރޭޝަން ބޭން"އެއް ކަނޑައެޅުމަށް ފާސްކޮށްފައިވާތީ، އެ ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މަރުހަބާ ކިޔައިފި އެވެ. އެގޮތުން މިއީ އެމަނިކުފާނުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާފައިވެ އެވެ.

ހަމައެހެންމެ ރާއްޖޭގެ ޒުވާން ޖީލު ދުންފަތާ ދުރުހެލިކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަރުވާ ޚާއްސަ އެވޯޑްވެސް އެމަނިކުފާނަށް ދާދިފަހުން ވަނީ ލިބިވަޑައިގެންފަ އެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ 1 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.

ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ، އެމީހެއްގެ އައިޑީކާޑު ނުވަތު އެމީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލައި ފައިދާ ހުރި އެހެން މަސައްކަތެއް ކުރުމަށްވެސް ރައީސް އެދިވަޑައިގެންފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް